ދަރިން ބެލުމުގެ ހަރަދު އެންޖެލީނާ ޖޯލީއަށް ދިނުމަށް ބްރެޑްޕިޓް ދެކޮޅު ހަދައިފި އެވެ.
އެންޖެލީނާ ހުށަހަޅާފައވަނީ ހަރަދުގެ ގޮތުގައި އެއް ލައްކަ ޑޮލަރު ބްރެޑްޕިޓް އަތުން ހޯދުމަށެވެ.
މިކަމާއި ގުޅިގެން ބްރެޓްޕިޓާ ހަވާލާދީ ގާތް މީހަކު ބުނެފައިވަނީ އެ ދެމީހުންގެ ހަ ދަރިންނަށް ހަރަދުކޮށް، ބެލެހެއްޓުމުގެ ޒިންމާ ނަގައި ކުދިންނާއި ހަވާލުވާން ޕިޓް ތައްޔާރަށް ހުރި ކަމަށެވެ. އެކަމަކު ކުދިން އެންޖެލީނާ ކައިރި ތިބޭނަމަ ހަރަދު ނުދޭނެ ކަމަށް އޭނާ ބުންޏެވެ.
ޕިޓް ވަނީ ކޮންމެ އަހަރަކު ކޮންމެ ކުއްޖެއްގެ ޓްރަސްޓް ފަންޑަށް 250،000 ޑޮލަރު ލުމަށް ނިންމާފައި އެވެ. އެ ފައިސާއިން ހުރިހާ ހަރަދެއް ބެލެހެއްޓޭނެ ކަމަށް ބްރެޑްޕިޓްގެ ގާތް މީހާ ބުނެފައިވެ އެވެ.
ހަރަދު ހޯދުމުގެ އިތުރުން އެންޖެލީނާ ވަނީ ވަރިވާން ހުށަހެޅި މައްސަލައިގަ ހަ ކުދިން އޭނާ ބެލުމުގެ ދަށުގައި ތިބުމަށާއި، ދެމީހުންގެ މުދާ ބެހުމަށް ކޯޓުގައި އެދިފައި އެވެ. އަދި އޭނާ ވަނީ 90 ދުވަސް ތެރޭ ވަރި ކޮށްދިނުމަށްވެސް ކޯޓުގައި އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް