އަންހެނެއްގެ ބޮލުން ދިރޭ ކުރަތްޕެއް ނަގައިފި

އިންޑިއާ އަންހެނެއްގެ ބޮލުން ދިރޭ ކުރަތްޕެއް ނަގައިފި އެވެ. ޗެންނާއީގައި ހިނގި މި ހާދިސާގައި އުމުރުން 42 އަހަރުގެ އެ އަންހެން މީހާގެ ހަށިގަނޑަށް ކުރަފި ވަދެފައިވަނީ ނޭފަތުންނެވެ. އެމީހާ ހޮސްޕިޓަލަށް ދ...

07 Feb 2017 | 03:00

އިންޑިއާ އަންހެނެއްގެ ބޮލުން ދިރޭ ކުރަތްޕެއް ނަގައިފި އެވެ.

ޗެންނާއީގައި ހިނގި މި ހާދިސާގައި އުމުރުން 42 އަހަރުގެ އެ އަންހެން މީހާގެ ހަށިގަނޑަށް ކުރަފި ވަދެފައިވަނީ ނޭފަތުންނެވެ. އެމީހާ ހޮސްޕިޓަލަށް ދިޔައީ ނޭފަތް ހިރުވާ، ބޮލުގައި ރިއްސާ، ލޮލަށް އުނގަދޫވެ، އާދަޔާ ހިލާފު ގޮތްތަކެއް ވާތީ ކަމަށް އޭނާ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.

އެމީހާ ބުނެފައިވާގޮތުގައި ނޭފަތުން މަތީގައި ދިރޭ އެއްޗެއް އުޅޭކަމުގެ އިހުސާސް ކުރެވޭ  ކަމަށާއި އެ އެއްޗެއް ނެރެން ނޭފަތް ފޮޅާލާ ކޮންމެ ފަހަރަކު ބޭރަށް ނުކުތުމުގައި ބަދަލުގައި ދަނީ ލޮލުން މައްޗަށް ކަން އެނގޭ ކަމަށެވެ. ޑޮކްޓަރަށް ދައްކަން ނިންމީ ރައްޓެއްސެއްގެ އެދުމުގެ މަތިން ކަމަށާއި ހޮސްޕިޓަލަށް ދިޔަ ދުވަހުގެ ކުރީ ރޭ ކުރަފި ލޯ ކައިރީގަ އާއި ބޮލުގައި ދުވާވަރުން ނުނިދޭ ކަމަށެވެ.

އެ އަންހެން މީހާއަށް ފަރުވާދިން ސްޓޭލްނޭ މެޑިކަލް ކޮލެޖު ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނީ ކުރަފި އޮތީ އެމީހާގެ ބޮލާއި ލޮލާއި ދޭތެރޭގައި ކަމަށެވެ. އަދި އެހެން މަޑުމަޑުން ދުވެލަ ދުވެލަ އޮންނަތާ 12 ގަޑި އިރަށްވުރެ ގިނަ އިރުވެދާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ޑޮކްޓަރުން ބުނެފައިވަނީ ކުރަފި ހަށިގަނޑުން ބޭރަން ނުކުންނަން ބޭނުންވެފައި އޮތް ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ނެރެން ޖެހުނީ ވަރަށް އުނދަގުލުން ކަމަށެވެ. އަދި މިއީ ވޭތުވެދިޔަ 30 އަހަރުތެރޭގައި މިހާބޮޑު ދިރޭ އެއްޗެއް ދިރި ހުއްޓަ އިންސާނެއްގެ ހަށިގަނޑުން ނެގި ފުރަތަމަ ފަހަރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް