އަކްޝޭގެ "ޖޯލީއެލްއެލްބީ 2" ގެ މަންޒަރުތަކެއް ކަނޑަން ކޯޓުން އަމުރުކޮށްފި

އެއްވެސް މަންޒަރެއް ކަނޑަން ނުޖެހޭ ކަމަށް ސެންސަރު ބޯޑުން ފާސްކޮށް ސެޓްފިކެޓު ދީފައިވަނިކޮށް އަކްޝޭ ކުމާރުގެ "ޖޯލީއެލްއެލްބީ 2" ގެ ހަތަރު މަންޒަރެއް ކަނޑަން ބޮންބޭ ހައިކޯޓުން އަމުރުކޮށްފި އެވެ އަންނަ ...

07 Feb 2017 | 02:13

އެއްވެސް މަންޒަރެއް ކަނޑަން ނުޖެހޭ ކަމަށް ސެންސަރު ބޯޑުން ފާސްކޮށް ސެޓްފިކެޓު ދީފައިވަނިކޮށް އަކްޝޭ ކުމާރުގެ "ޖޯލީއެލްއެލްބީ 2" ގެ ހަތަރު މަންޒަރެއް ކަނޑަން ބޮންބޭ ހައިކޯޓުން އަމުރުކޮށްފި އެވެ

އަންނަ ބުރާސްފަތި ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އެ ފިލްމުގައި ޖުޑީޝަރީގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ ގާނޫނީ ވަކީލަކު ކޯޓަށް ހުުށަހެޅި މައްސަލަ ބެލުމަށް ފަހު އެ ކޯޓުން އަމުރުކޮށްފައިވަނީ ކޯޓުތަކާއި ގުޅޭގޮތުން ފިލްމުގައި ހިމަނާފައިވާ ހަތަރު މަންޒަރެއް އުނިކުރުމަށެވެ. އަދި ސެންސަރު ބޯޑުން ދީފައިވާ ސެޓްފިކެޓުވެސް ބާތިލް ކުރާނެ ކަމަށް ބެލެވެ އެވެ.

ފިލްމުން އުނިކުރަން އަމުރުކޮށްފައިވަނީ ބިރުގެންފައި އިންނަ ފަނޑިޔާރަކު ގޮނޑިއެއްގެ ފަހަތަށް ވަދެ ފިލާ އިންނަ މަންޒަރަކާއި، ބޫޓެއް އެއްލާ މަންޒަރެއްގެ އިތުރުން ކަމަކާއި ޒުވާބު ކުރާ މަންޒަރަކާއި ފަނޑިޔާރަކު އަމުރެއް ކުރާގޮތް ކަމަށް ދައްކައިދޭ މަންޒަރެކެވެ. މި މަންޒަރުތައް ކަނޑަން އަމުރުކޮށްފައިވަނީ މައްސަލަ ހުށަހެޅުމުން ކޯޓުން ކަނޑައެޅި ތިން މެންބަރުންގެ ކޮމިޓީން ފިލްމު ބަލައި ދިރާސާ ކުރުމަށް ފަހު ކަނޑައެޅި ކަންކަމުގެ މައްޗަށް ބެލުމަށް ފަހު އެވެ.

މި ފިލްމު އުފެއްދި ޓީމުން ވަނީ ހައިކޯޓުން މިއަދު މިމައްސަލައިގަ ގޮތެއް ކަނޑައެޅުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައި އެވެ. އެކަމަކު ރިޕޯޓުތައް ބުނާގޮތުގައި ފިލްމު "ޖޯލީއެލްއެލްބީ 2" ރިލީޒް ކުރާ ދުވަހާއި ޖެހޭ އިރުވެސް ކޯޓުން އަރައިގަނެވޭ ވަރެއް ނުވާނެ އެވެ. އެއީ އެ ފިލްމާ ގުޅޭ ހަމަ އެފަދަ މައްސަލައެއް ޖައިޕޫރު ކޯޓުންވެސް ބަލަމުން ދާތީ އެވެ. އަދި ފިލްމުގެ އެކްޓަރު އެކްޝޭ އަންނަ މާޗު މަހުގެ 10 ވަނަ ދުވަހު އެ ކޯޓަށް ހާޒިރުވުމަށް ވަނީ އަމުރުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް