ކުވެއިތުގެ އޮޕެރާ ހައުސްގެ ނަމުގައި މަޝްހޫރުވެފައިވާ ޝެއިޚް ޖާބިރް އަލް އަހްމަދު ކަލްޗަރަލް ޗެންޓަރުގައި އިއްޔެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި އަލިފާނުގެ ހާދިސާތައް ހިނގިތާ މާ ގިނަ އިރެއްނުވެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ވަނީ އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން މީޑިއާ ރިޕޯޓްތަކުން އަދި އެނގޭކަށް ނެތެވެ.
އިސްލާމީ ޖެއޮމެޓްރިކް ޑިޒައިންތައް ބޭނުންކޮށްގެން ހުޅުވާފައިވާ މި ކަލްޗަރަލް ސެންޓަރަކީ މީގެ ތިން މަސް ކުރިން ކުވޭތުގައި ހުޅުވި ބިނާ އެކެވެ. މި ބިނާ އަކީ 700 މިލިއަން ޑޮލަރު ހަރަދުކޮށްގެން ނިންމާފައިވާ ބިނާއެއްކަން ފާހަގަކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް