ށ. އަތޮޅުން ކިނބުލެއް ފެނުމުން ސަމާލު ވުމަށް އިލްތިމާސް ކޮށްފި

ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި ކިންބުލެއް އުޅޭކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ. މިކަމާ ބެހޭގޮތުން ށ.އަތޮޅުގެ ޕޮލިސް ސްޓޭޝަނުން ބުނެފައިވަނީ އެ އަތ...

07 Feb 2015 | 18:24

ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި ކިންބުލެއް އުޅޭކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

މިކަމާ ބެހޭގޮތުން ށ.އަތޮޅުގެ ޕޮލިސް ސްޓޭޝަނުން ބުނެފައިވަނީ އެ އަތޮޅުގެ ކަނޑުގެ ސަރަހައްދުން ކިނބުލެއް އުޅޭ ކަމުގެ މައުލޫމާތު ލިބުމުން އެ އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާނެ ކަމަށެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 10:30 ހާއިރު ށ.ފުނަދުއާއި އެއަތޮޅު ކަނބާލިފަރާ ދެމެދުން ދަތުރު ކުރިދޯންޏަކަށް ދިގުމިނުގައި ގާތްގަނޑަކަށް ދެ ފޫޓު ހުންނަވަރުގެ ކިނބުލެއް ފެނުމުން އެކަން ރިޕޯޓް ކޮށްފައިވާކަމަށެވެ.

ކިނބުލާމެދު ސަމާލުވުމަށް ށ.އަތޮޅު ޕޮލިސް ސްޓޭޝަނުން އިލްތިމާސްކޮށްފައިވާއިރު މި ދުވަސްވަރަކީ ރާއްޖޭގެ ގިނަ ހިސާބުތަކަކުން ކިނބޫ ފެންނަ ދުވަސްވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް