އުމަރު ނަސީރު ޖޭޕީން ވަކިވެއްޖެ

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންނެވި އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވިކަން މިއަދު އިއުލާނު ކުރައްވައިފި އެވެ. އުމަރު މިކަން އިއުލާނުކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގަ އ...

07 Feb 2015 | 13:05

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންނެވި އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވިކަން މިއަދު އިއުލާނު ކުރައްވައިފި އެވެ.

އުމަރު މިކަން އިއުލާނުކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި އުމަރު ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން މިހާރު ނިންމަމުންދާ ނިންމުންތަކާމެދު ހިތްހަމަނުޖެހޭ ކަމަށާއި މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ ޕާޓީން ވަކިވެފައިވާކަމަށެވެ.

ހޯމް މިނިސްޓަރު ހިތްހަމަ ނުޖެހޭގޮތަށް ޖޭޕީން ނިންމީ ކޮން ނިންމުމެއް ކަން މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އުމަރު ޖޭޕީން ވަކި މިވީ ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ކަމަށް ބުނެ، ޖުމްހޫރީ ޕާޓީ އިން ވަނީ އިދިކޮޅު އެމްޑީޕީއާ އެއް ގަލަކަށް އަރާފައިވާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް