ޗީފް އޮފް ޑިފެންސްފޯސް، ބަނގްލަދޭޝްއަށް ފުރާ ވަޑައިގެންފި

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ. އެމްއެންޑީއެފުން ބުނީ މިމަހު 07 ން 11 އަށް ޗީފް އޮފް ޑިފެންސް ފޯސް ބަ...

07 Feb 2015 | 05:50

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިމަހު 07 ން 11 އަށް ޗީފް އޮފް ޑިފެންސް ފޯސް ބަންގްލަދޭޝްއަށް މި ކުރައްވާ ދަތުރުފުޅަކީ ބަންގްލަދޭޝް ނޭވީގެ ޗީފް އޮފް ނޭވަލް ސްޓާފް، ވައިސް އެޑްމިރަލް މުޙައްމަދު ފަރީދު ހަބީބުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިދަތުރުފުޅުގައި ބަންގަލްދޭޝްގެ ޗީފް އޮފް އާރމީ ސްޓާފާއި ބަންގްލަދޭޝްގެ ޗީފް އޮފްދަ އެއަރ ސްޓާފާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް