މަރުވި މީހެއްގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

މާލެއިން މަރުވި މީހެއްގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ފުލުހުން ބުނެފައިވަނީ މީހަކު މަރުވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއ...

07 Jan 2025 | 12:33

މާލެއިން މަރުވި މީހެއްގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ފުލުހުން ބުނެފައިވަނީ މީހަކު މަރުވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 09:53 ހާއިރު ލިބުނު ކަމަށާއި މަރުވެފައިވަނީ މާލެ، މ. ތަރިވިލާގެ، އުމުރުން 41 އަހަރުގެ ހުސެއިން އަހްމަދު ކަމަށެވެ.

މަރުވެފައިވާ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް