ޣައްސާނު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ދިފާޢީ ދާއިރާއިން މުހިންމު މަޝްވަރާތަކެއް ކުރާނެ: އިންޑިއާ

ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން އިންޑިއާއް ކުރައްވާ ދަތުރުފުޅުގައި، އިންޑިއާ އާއި ރާއްޖެއާއި ދެމެދު ދިފާޢީ ދާއިރާއިން މުހިންމު މަޝްވާރަތަކެއް ކުރިއަށްދާނެކަމުގައި އިންޑިއާއިނ...

07 Jan 2025 | 09:49

ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން އިންޑިއާއް ކުރައްވާ ދަތުރުފުޅުގައި، އިންޑިއާ އާއި ރާއްޖެއާއި ދެމެދު ދިފާޢީ ދާއިރާއިން މުހިންމު މަޝްވާރަތަކެއް ކުރިއަށްދާނެކަމުގައި އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ދިފާޢީ ވުޒާރާއިން މިއަދު ބުނެފައިވަނީ ޣައްސާން ތިން ދުވަހުގެ ދަތުރުފުޅު ފައްޓަވާނީ މާދަމާ ކަމަށާއި އެނބުރި ރާއްޖެވަޑައިގަންވާނީ 11 ވަނަ ދުވަހު ކަމަށެވެ.

ޣައްސާންގެ މި ދަތުރުފުޅުގައި އެ ޤައުމުގެ ދާޚިލީ ވަޒީރު ރާޖްނާތް ސިންގް އާ ޣައްސާން ބައްދަލުކުރައްވާނެ ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ދިވެހި އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއިމެދު މަޝްވަރާތައް ކުރިއަށްދާނެކަމަށާއި އެގޮތުން ތަމްރީނުތައް ކުރިއަށްގެންދިއުމާއި ޑިފެންސް ޕްރޮޖެކްޓްތަކާއި ވޯކްޝޮޕްތަކާއި ސެމިނާތައް ރާއްޖޭގައި ކުރިއަށްގެންދިއުމާއި ދިފާއީ އާލާތްތައް ރާއްޖެއަށް ފޯރުކޮށްދިނުމާއިމެދު މަޝްވަރާތައް ކުރިއަށްދާނެކަމުގައިވެސް އިންޑިއާގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް