ހުޅުމާލޭގެ ފެންފަށަލަ އުފުލިފައިވާތީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
މިކަން ހާމަކޮށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ މިހާރު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި އަށް އިންޗިއާއި ނުވަ އިންޗިއާއި ދެމެދުގެ މިންވަރަކަށް، ފެން ހަރުލާފައި ހުރުމުގެ ސަބަބުން، ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާކަމަށެވެ.
"މިވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތްވާހަކަ ހިތާމައާއިއެކު ދަންނަވަން" ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އެ ކައުންސިލުން ބުނެފައިވަނީ މިގޮތަށް ދިމާވުމުން މިއަދު ހުޅުމާލޭގެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމު ހަމަޖެހިފައިވަނީ މާލޭ އާ ސަހަރާ މިސްކިތުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް