ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕިކަޕެއްގައި ކާރެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 09:45 ހާއިރު ކަމަށާއި މި އެކްސިޑެންޓް ހިނގާފައިވަނީ ކާރު ރޯޑު ޑިވައިޑަރުތަކުގައި ޖެހި އަދި ވޭނެއްގައި ޖެހި އެއަށްފަހު ޕިކަޕުގެ ފަހަތުގައި ޖެހިގެން ކަމަށެވެ.
އެކްސިޑެންޓްގައި ކާރުގެ ޑްރައިވަރަށާއި ކާރުގެ ފަހަތު ޝީޓުގައި އިން މީހަކަށް އަނިޔާވެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ކާރުގެ ފަހަތުގެ އިން މީހާއަށް އެއާޕޯޓް ކްލިނިކްގައި ފަރުވާދީފައިވާކަމަށާއި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށެވެ. ނަމަވެސް ކާރުގެ ޑްރައިވަރަށް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް