ގުޑުގުޑާ ދޫނިތަކުގެ މި އަހަރުގެ ދެވަނަ މަންޒިލަކަށް ފުނަދޫ

އިރުވައި މޫސުމާއެކު މި ފަހުން ކޮންމެ އަހަރަކުވެސް ރާއްޖެ ޒިޔާރަތްކުރަމުން އަންނަ ގުޑުގުޑާ ދޫނިތައް ށ. ފުނަދުއަށް ޒިޔާރަތްކޮށްފިއެވެ. އިއްޔެ ފުނަދޫ ކުޅި ސަރަހައްދަށް އެ ދޫނިތައް ޒިޔާރަތްކޮށްފައިވާއިރު ...

07 Jan 2025 | 04:44

އިރުވައި މޫސުމާއެކު މި ފަހުން ކޮންމެ އަހަރަކުވެސް ރާއްޖެ ޒިޔާރަތްކުރަމުން އަންނަ ގުޑުގުޑާ ދޫނިތައް ށ. ފުނަދުއަށް ޒިޔާރަތްކޮށްފިއެވެ.

އިއްޔެ ފުނަދޫ ކުޅި ސަރަހައްދަށް އެ ދޫނިތައް ޒިޔާރަތްކޮށްފައިވާއިރު މި މަހުގެ ތިންވަނަ ދުވަހު އެ ދޫނިތައް ކުޅުދުއްފުށީ ކުޅިއަށް ޒިޔާރަތްކުރިއެވެ.

2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް ގުޑުގުޑާ ދޫނިތައް އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ ކުޅިތަކަށް ޒިޔާރަތްކުރަމުންނެވެ.

2021 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ގުޑުގުޑާ ދޫނިތަކުގެ ތެރެއިން ދޫންޏެއް މީހަކު ހިފައި އެ ދޫނި ވިއްކަން މަސައްކަތް ކުރިއެވެ. އެ ދޫނި އީޕީއޭގެ ބެލުމުގެ ދަށަށް ގެންދިޔައިރު ހާލު ވަރަށް ދެރަ އެ ދޫނި އޭރު ސަލާމަތް ނުކުރެވި މަރުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް