ރޭގައި ގ. އުފުރިޔާ ގޭގެ ހަވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެކަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
މިކަން ހާމަކޮށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދުބުނެފައިވަނީ ގ.އުފުރިޔާ ގޭގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އެޕާޓްމަންޓުގައި ދިރިއުޅުނު މީހުންގެ ތެރެއިން އެހީތެރިކަން ބޭނުންވި އެއް ފަރާތަކަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެ އޮތޯރިޓީއިން ހަމަޖައްސައިދީފައިބވަކަމަށެވެ.
ރޭ 11:45 ހާއިރު ހިނގި އަލިފާނުގެ އެ ހާދިސާ މަދު ވަގުތުކޮޅެއްގެތެރޭގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ނިއްވާލިއެވެ.
އަލިފާނުގެ މި ހާދިސާއާއި ގުޅޭގޮތުން ސަލާމަތީ ޚިދުމަތްތަކުން އަދި ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް