އަންނަ އަހަރު ބޮޑު ޗުއްޓީ ޑިސެމްބަރުގައި ލިބިގެންދާގޮތަށް ބަދަލު ގެންނަން ނިންމައިފި

އަންނަ، 2025 ވަނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރުގައި ގެނެސް 2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ޖަނަވަރީ މަހުން ފެށުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ. ސަރުކާރުން މި ނިންމުން ނިންމާފައިވަނީ މިއަދު...

07 Jan 2024 | 16:00

އަންނަ، 2025 ވަނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރުގައި ގެނެސް 2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ޖަނަވަރީ މަހުން ފެށުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ.

ސަރުކާރުން މި ނިންމުން ނިންމާފައިވަނީ މިއަދު ކުރިއަށްގެންދިޔަ، ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ނިންމުންތަކާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ ތައުލީމާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

އެގޮތުން މި ބަދަލު ގެންނާނީ ކުރިއަށް އޮތް ދެ އަހަރުގެ ދިރާސީ ކަލަންޑަރަށް ބަދަލުގެނެސްގެންކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރާނީ ދަރިވަރުންނަށް ދަތި ނުވާނެހެން ކަމުގައިވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ފާހަގަކުރެއްވި ގޮތުގައި މި ބަދަލާއެކު ޖުލައި މަހުގައި ތިން ހަފްތާ އަދި ޑިސެމްބަރު މަހުގައި ހަތަރު ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެއެވެ.

ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު މިހާރު އޮތްގޮތަށް ބަދަލުކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް