ބޭރުގެ ލީޑަރުންނަށް މަލާމާތްކޮށް ފުރައްސާރަކުރުން ސަރުކާރުން ކުށްވެރިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރައްވާފައިވާ ބައެއް ސީނިއަރ އޮފިޝަލުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމަތްކުރި ކުރުން ސ...

07 Jan 2024 | 10:00

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރައްވާފައިވާ ބައެއް ސީނިއަރ އޮފިޝަލުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމަތްކުރި ކުރުން ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ރައްޔިތުންނާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރަން ފެށުނީ ލަކްޝްދީބުގެ ފަތުރުވެރިކަން ޕްރޮމޮޓްކުރަން މޯދީ ލީ ވީޑިއޯ އަކާ ގުޅިގެންނެވެ.

ލަކްޝްދީބުގެ ފަތުރުވެރިކަމަށްވުރެ ރާއްޖޭގެ ފަތުރުވެރިކަން އޮތީ މާ ކުރިއަރާފައިކަމަށާއި އިންޑިއާއަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ފެންވަރަށް ނާދެވޭނެކަމަށް ސިޔާސީ މަގާމުތަކުގައި ތިބި ސަރުކާރުގެ އޮފިޝަލުން އަންނަނީ ބުނަމުންނެވެ. މިފަދައިން ބަސްތައް ބަދަލުކުރުމުގައި އަވަށްޓެރި އިންޑިއާއާ މެދު ބަދު ބަސްތަކެއްވެސް ވަނީ ބުނެފައެވެ.

އެ ބަސްތައް ކުށްވެރިކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާޕްލެޓްފޯމްތަކުގައި ބޭރުގެ ލީޑަރުންނާއި މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު ދަށު ދަރަޖައިގެ ބަހުން ވާހަކަ ދައްކަމުންދާކަން ދިވެހި ސަރުކާރަށް އެނގޭ ކަމަށެވެ. އަދި އެ ޚިޔާލުތަކަކީ އަމިއްލަ ޚިޔާލުތަކެއް ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ޚިޔާލުތަކެއް ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ރާއްޖެއާއި ބައިނަލްއަޤްވާމީ ބައިވެރިންގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް ކަމަށެވެ.

"އެފަދަ ދަށު ދަރަޖައިގެ ވާހަކަ ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފަސްނުޖެހޭނެ" ފޮރިން މިނިސްޓްރީން ބުންޏެވެ.

އެކްސްގައި ވެރިފައި ކޮށްފައި ހުރި ސަރުކާރުގެ އިސް އޮފިޝަލުންގެ އެކައުންޓްތަކުން ވަނީ މޯދީއާ އިންޑިއާ އަށް މަލާމާތުގެ ބަސްތައް ބުނެފައެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ހިމެނޭ އިރު، އެ ދެމީހުންނާ މެދު ފިޔަވަޅު އަޅާ ވަޒީފާއިން ވަކި ކުރުމަށް ސޯޝަލް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ.

ޝިއުނާ ކުރެއްވި ޓްވީޓެއްގައި މޯދީއަކީ ޖޯކަރެއް ކަމަށް އަދި އިޒްރޭލުގެ ޕަޕެޓެއް ކަމަށް ސިފަ ކުރެއްވި އިރު، އޭނާ މިހާރު ވަނީ އެ ޓްވީޓު ޑިލީޓްކޮށްފައެވެ.

މޯދީއާ ދިމާލަށް ބުނި ދަށު ދަރަޖައިގެ ބަސްތަކަށް ސަރުކާރުގެ އެއްވެސް އިސް އޮފިޝަލަކު މިހާތަނަށް މައާފަށް އެދިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް