މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފިއެވެ.
ޕީއެންސީއަށް ގުޅިވަޑައިގަތް ފޯމް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާ ހަވާލުކުރައްވާ ފޮޓޯއެއް މިއަދު އެކްސްގައި ޕޯސްޓުކުރައްވާ ހަސަންޓޭ ވިދާޅުވީ މިއަދުން ފެށިގެން ރައީސް މުޢިއްޒު އާއެކު ކުރިއަށް ދިއުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޕީއެންސީއާއެކު ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންތަކެއް އަންނަނީ ޕީއެންސީ އާ ގުޅެމުންނެވެ.
ހަސަންޓޭ ޕީއެންސީއާ ގުޅިވަޑައިގެތް ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮދީ އެމްޑީޕީއަށެވެ. މިއާއެކު މިހާރު މަޖިލީހުގައި ތިބި އެމްޑީޕީގެ މެމްބަރުންގެ އަދަދު 42 އަށް ވެއްޓިފައިވާއިރު، ޕީއެންސީ މެމްބަރުންގެ ގޮތުގައި ތިއްބެވީ 16 މެމްބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް