ސްކޫލްތަކުގައި ޤައުމީ ސަލާމް ކިޔަން ފަށައިފި

ދިރާސީ އަހަރުގެ ދެވެނަ ޓާމާއެކު ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދުން ފެށިގެން ޤައުމީ ސަލާމް ކިޔަން ފަށައިފިއެވެ. ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ކޮންމެ ދުވަހަކުވެސް އ...

07 Jan 2024 | 05:44

ދިރާސީ އަހަރުގެ ދެވެނަ ޓާމާއެކު ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދުން ފެށިގެން ޤައުމީ ސަލާމް ކިޔަން ފަށައިފިއެވެ.

ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، ކޮންމެ ދުވަހަކުވެސް އެ ދުވަހުގެ ކިޔެވުން ދެން ފަށާނީ ޤައުމީ ސަލާމުންނެވެ.

މީގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ސެޝަން ފެށުމުގެ ކުރިން ޤައުމީ ސަލާމް ކީ ނަމަވެސް، ދީނީ ހިޔާލުތަފާތުވުންތަކާ ގުޅިގެން ބައެއް ސްކޫލްތަކުން ވަނީ އެކަން ކުރަން ހުއްޓާލާފައެވެ.

އިސްލާމް ދީނާއި ޤައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީހާއި ސަޤާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކާ ސްކޫލްތަކުގައި ޤައުމީ ފެންވަރުގެ ޚާއްސަ ޕްރޮގްރާމްތައް ހިންގަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒްގެ ސަރުކާރުގެ ކެބިނެޓުން މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ވަނީ ޤައުމިއްޔަތަށް ލޯބި ޖެއްސުމަށްޓަކާ، ދިވެހިރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤައުމީ ސަލާމުން ކިޔެވުން ފަށާ ގޮތަށް ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް