މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީ ހިންގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހަވީރު ކަމަށެވެ.
މި މާރާމަރީ ހިންގީ ޖަލުގައި ތިބި ކިތައް ގައިދީންގެ މެދުގައި ކަން ފުލުހުން ހާމައެއް ނުކުރެ އެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީގައި އޭގެ ތެރެއިން އެކަކުގެ އަނގަމަތި ފަޅައިގެން ދިޔަ ކަމަށެވެ.
އޭނާއަށް ފަރުވާ ދެމުންދާއިރު އެމީހާއަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި މި ވާހަކަ ފެތުރުނުގޮތުގައި ގައިދީން މާރާމާރީ ހިންގީ ތޫނު ހަތިޔާރު ބޭނުންކޮށްގެންނެވެ. އެކަމަކު ފުލުހުންގެ މީޑިއާ އޮފިޝަލް އެކަން ދޮގު ކުރައްވާ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ހަމަލާދިނުމަށް ގައިދީން ތޫނު އެއްޗެއް ބޭނުންކޮށްފައިއެއް ނުވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް