ފްރާންސްގެ ސްކޫލްތަކުގައި އަބާޔާ ލުން މަނާކޮށް ފިއްތުންތައް ކުރިމަތިކުރާތީ ދަރިވަރުން ދެކޮޅު ހަދަނީ

ފްރާންސްގެ ސުކޫލުތަކުގައި ދަރިވަރުން އަބާޔާ ލުން މަނާކޮށްފައިވާ ގާނޫނާއި މުސްލިމް ދަރިވަރުން ދެކޮޅު ހަދަމުން އެބަދެ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އަމަލު ކުރަން ފެށި ގާނޫނެކެވެ. މި ގާނޫނަށް ...

07 Jan 2023 | 15:59

ފްރާންސްގެ ސުކޫލުތަކުގައި ދަރިވަރުން އަބާޔާ ލުން މަނާކޮށްފައިވާ ގާނޫނާއި މުސްލިމް ދަރިވަރުން ދެކޮޅު ހަދަމުން އެބަދެ އެވެ.

މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އަމަލު ކުރަން ފެށި ގާނޫނެކެވެ. މި ގާނޫނަށް އަމަލު ކުރަން ފެށީ ސެކިއުލިރިޒަމް ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަމަކަށް އަރައިގަތުންކަމުގައި ބުނެ މުސްލިމް ދަރިވަރުންނަށް ފިއްތުންތައް ކުރިމަތި ކުރުވުމަށެވެ.

މިނިސްޓްރީ އޮފް ޔޫރަޕް އެންޑް ފޮރިން އެފެއާޒްގެ ސެކިއުލަރިޒްމް ގާނޫނުގެ ދަށުން ސުކޫލްތަކުގައި ދީން ވެރިކަމެއް ފާޅުވާ އެއްވެސް ބާވަތެއްގެ ހެދުމެއްލުން މަނާކޮށްފައިވެއެވެ.

އެ ގައުމުން އާންމުކޮށްފައިވާ ތަފާސް ހިސާބުު ދައްކާގޮތުގައި މި ގާނޫނާއި ޙީލާފަށް 313 ދަރިވަރަކު ވަނީ އަމަލުކޮށްފައި އެވެ. އޭގެ ތެރެއިން54 ޕަސެންޓު ދަރިވަރުންނަކީ ހައި ސްކޫލް ދަރިވަރުންނެވެ.

ފްރާންސްގެ އާބާދީގެ 3.5 މިލިއަން މީހުންނަކީ މުސްލިމުންނެވެ. އެއީ ފްރާންސްގެ އާބާދީގެ އެންމެ ފަސް ޕަސެންޓެވެ. މުސްލިމުންނާއި މެދު ތަފާތު ކުރުން އިތުރުކޮށް ފިއްތުންތައް ކުރިމަތި ކުރުވުމަށް ލިބޭ ބާރަކީ މުސްލިމުންގެ އާބާދީ މަދުވުމެވެ.

ފްރާންސްގެ ސެކިއުލިރިޒަމްގެ ގާނޫނަކީ 'ލަ ލައިސިޓެ' އެވެ. އަދި އެއީ ދީނާއި ޤައުމިއްޔަތުކަން އެއްނުކުރެވޭނެ ކަމަށް ބުނާ ގާނޫނެވެ. އަދި ފްރާންސްފަދަ ސެކިއުލިސްޓް ޤައުމުގައި ސަރުކާރާއި ދީނީ ކަންކަން ދުރުހެލިކުރުވުމަކީ ސެކިއުލިރިޒަމްގެ އެއް އަސާސެވެ.

އެގޮތުން ފްރާންސްގެ ސަރުކާރުގެ ސިޔާސަތުތަކުގައިވާގޮތުން އެގައުމުން އެއްވެސް ދީނަކަށް ހިތްވަރުދީ އެއްވެސް ދީނެއް ނުފަތުރާނެކަމުގައާއި ހަމަ އެބީދައިން ސަރުކާރުގެ އެއްވެސް ކަމަކާއި ބުރޫނާރާ ގޮތަށް އަދި އެހެން މީހެއްގެ ހައްގަކަށް އަރައިގަތުމެއްނެތި އޮންނަ ދީނީ ގަބޫލުކުރުމަކާއި ދެކޮޅަށް ނުވަތަ ހުއްޓުވުމަށް މަސައްކަތްނުކުރާނެކަމުގައިވެއެވެ.

އެހެންނަމަވެސް ފްރާންސަކީ އެޤައުމުގައި ދިރިއުޅޭ މުސްލިމުންނަށް މިފަދަ ބޮޑެތި އުދަގޫތަކެއް ކުރިމަތިކުރުވާ ޤައުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް