އެމްޑަބްލިއުއެސްސީން ދުވާފަރު ގެތަކަަށް ޑަސްބިން ހަދިޔާ ކޮށްފި

އެމްޑަބްލިއުއެސްސީން ދުވާފަރު ގެތަކަށް ޑަސްބިން ހަދިޔާ ކޮށްފިއެވެ. ދުވާފަރު ގެތަކަށް ޑަސްބިން ހަވާލުކޮށްފައި ވަނީ އެމްޑަބްލިޔު.އެސް.ސީ އިން "ނަލަ ދުވާފަރު" ގެ ނަމުގައި ކުނި މެނޭޖްކުރުމަށް އެ ރަށުގައި ...

07 Jan 2023 | 15:18

އެމްޑަބްލިއުއެސްސީން ދުވާފަރު ގެތަކަށް ޑަސްބިން ހަދިޔާ ކޮށްފިއެވެ.

ދުވާފަރު ގެތަކަށް ޑަސްބިން ހަވާލުކޮށްފައި ވަނީ އެމްޑަބްލިޔު.އެސް.ސީ އިން "ނަލަ ދުވާފަރު" ގެ ނަމުގައި ކުނި މެނޭޖްކުރުމަށް އެ ރަށުގައި އިއްޔެ އިފްތިތާހް ކުރި ޕްރޮގްރާމްގެ ތެރެއިން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ނަލަ ދުވާފަރުގެ ނަމުގައި މި ކެމްޕޭން އިފްތިތާހް ކުރުމުގެ ބޭނުމަކީ އެ ކުންފުނިން ދުވާފަރުގައި ދެމުން ގެންދާ ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްކާތެރި ގޮތެއްގައި ކުނި ނައްތާލައި ދުވާފަރުގެ ރައްޔިތުން އެކަމަށް އަހުލުވެރި ކުރުމަށް ކަމަށެވެ.

"އެމްޑަބްލިއުއެސްސީން ބުނީ "ނަލަ ދުވާފަރު" ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ ރ.ދުވާފަރު ނަލަ، ސާފު ރަށެއްގެ ގޮތުގައި ބޭއްވުމާއި އަދި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް އިރުތަށް ފަސޭހަ ކޮށްދިނުމެވެ.

އަދި ދުވާފަރުގެ ރައްޔިތުންގެ މެދުގައި ކުނި މެނޭޖްކުރުމުގެ އުސޫލްތަކަށް އިތުރަށް އަހުލުވެރިކުރުމަށް، ޑޯ-ޓު-ޑޯ ކެމްޕެއިންވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ "ނަލަ ދުވާފަރު" ކެމްޕެއިން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ނިންމާލީ ދުވާފަރު ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމަކުން ކަމަށެވެ.

މި ޕްރޮގްރާމްގައި އެމް.ޑަބް.ލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހް އާއި، އެމްޑަބްލިއުއެސްސީގެ އިސްވެރިންނާއި، މުވައްޒަފުންނާއި، ދުވާފަރުގެ ކައުންސިލް އާއި، މުއައްސަސާތަކާއި އަދި ދުވާފަރުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

މިކެމްޕޭނާއި ގުޅިގެން ދުވާފަރުގެ "ކުޑަކުދިންނާއިއެކު އެމް.ޑަބްލިޔު.އެސް.ސީ" ގެ ނަމުގައި މިއަދު ހަވީރު ވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން ބުނީ އެ ކުންފުނީގެ ގެ އަމާޒަކީ ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައި ރ.ދުވާފަރުގައި ކުނި މެނޭޖްކޮށް ސާފު މާޙައުލެއް ދުވާފަރުގެ ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނިން އަންނަނީ ފެނާއި ނަރުދަމާގެ ޚިދުމަތުގެ އިތުރުން ކުނި މެނޭޖްކުރުމާއި، ކަރަންޓް، އަދި މަސްވެރިންނަށް ބޭނުންވާ އައިސްގެ ޚިދުމަތްވެސް ރ.ދުވާފަރުގައި ފޯރުކޮށްދެމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް