ފޮޓޯ ނުނެގުމަށް ޝަރުތުކޮށް އާލިއާ ދަރިފުޅުގެ ފޮޓޯއެއް ޕަޕަރާޒީންނަށް ދައްކާލައިފި

އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު މީހުންގެ ދަރިންގެ ތެރެއިން އާންމުން މިހާރު އެންމެ ބަލާލަން ބޭނުންވާ ކުއްޖަކީ އާލިއާ ބަޓާއި ރަންބީރު ކަޕޫރުގެ ދަރިފުޅު ރަހާ ކަޕޫރެވެ. ދެމަފިރިންނަށް ދަރި...

07 Jan 2023 | 14:01

އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު މީހުންގެ ދަރިންގެ ތެރެއިން އާންމުން މިހާރު އެންމެ ބަލާލަން ބޭނުންވާ ކުއްޖަކީ އާލިއާ ބަޓާއި ރަންބީރު ކަޕޫރުގެ ދަރިފުޅު ރަހާ ކަޕޫރެވެ.

ދެމަފިރިންނަށް ދަރިއަކު ލިބުނީ މިދިޔަ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ. މިހާތަނަށް އެ ކުއްޖާ ހިމެނޭ ފޮޓޯއެއް ދެމަފިރިން އާންމު ކުރިޔަސް ފެންނަނީ މުޅިންވެސް ކުއްޖާގެ ފުރަގަހެވެ.

ރަހާގެ ފޮޓޯއެއް ނަގާލެވޭތޯ ދެމަފިރިން ދިރިއުޅޭ ގޭ ކައިރީގައި 24 ގަޑިއިރު ޕަޕަރާޒީން ހަރަކާތްތެރިވެ އެވެ. އެކަމަކު ރަހާއަށް ދެ މަސް ވީއިރުވެސް އެ ކުއްޖާގެ ފޮޓޯގަނޑެއް ނަގާލެވޭގޮތެއް ނުވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރަންބީރުގެ އާއިލާއިން މިއަދު ވަނީ އެގޭ ކައިރިއަށް އެއްވެ ތިބޭ ޕަޕަރާޒީން ގެއަށް ވައްދައި ރަނގަޅު ސައެއް ދީފައި އެވެ. އަދި އެމީހުންނަށް ރަހާ ދައްކާލުމުގެ ބަދަލުގައި ދައްކާލީ ރަހާގެ ފޮޓޯއެކެވެ.

ރަންބީރު ފޯނުގައި އިން އެ ފޮޓޯ ދެއްކީ ފޮޓޯއިން ފޮޓޯ ނުނެގުމަށް ޝަރުތުކޮށްފައި އެވެ. އެ ކަމަށް ހުރިހާ ޕަޕަރާޒީންވެސް އިހުތިރާމު ކުރި އެވެ.

ބޮލީވުޑްގެ މަޝްހޫރު ހުރިހާ ޕަޕަރާޒީންހެން ވަނީ ރަންބީރާއި އާލިއާގެ ދަރިފުޅު އެމީހުންނަށް ފޮޓޯއަކުން ފެނިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބުނެފައި އެވެ. އަދި އިހުތިރާމް ކުރުމުގެ ގޮތުން ފޮޓޯ ނުނަގައި، ސިފަ އާންމު ނުކުރާނެ ކަމަށް ބުންޏެވެ.

https://www.instagram.com/p/CnHK-tJqYCj/

އިންޑިއާގެ މަޝްހޫރު މީހުންގެ ދަރިން ކުޑައިރުންސުރެ އާންމުންނަށް ފެންނަން ފެށުން ވެފައި އޮންނަނީ އެމީހުންނަށް އާންމު އުނދަގުލަކަށެވެ. އޭގެ ތެރެއިން އެއް އާއިލާ އަކީ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ހާންގެ އާއިލާ އެވެ.

އެދެމަފިރިންގެ ދަރިން ފަހަތުން އަބަދު ޕަޕަރާޒީން އުޅޭއިރު ބައެއް ފަހަރު މިހާރު އުމުރުން ހަތް އަހަރުގެ ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާން ހިތް ހަމަ ނުޖެހިގެން ޕަޕަރާޒީންނާއި ދިމާލަށް ބޭއަދަބީ ބަސްތައް ބޭނުން ކުރާ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް