ރައީސް ނަޝީދު ކެމްޕޭންގައި ފ. އަތޮޅަށް ވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ދަތުރުފުޅެއްގައި ފ. އަތޮޅަށް މިއަދު ވަޑައިގެންފިއެވެ. ރައީސް ނަޝީދު ފ. އަތ...

07 Jan 2023 | 08:11

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕޭން ދަތުރުފުޅެއްގައި ފ. އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ފ. އަތޮޅަށް ވަޑައިގެންނެވީ، މެދުރާއްޖެ ތެރޭގެ ހަތަރު އަތޮޅު ކަމަށްވާ އއ، އދ، ފ، ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ތެރެއިންނެވެ.

އެގޮތުން ރައީސް ނަޝީދު ވަނީ މިއަދު ފ. ފީއަލީ އަދި ބިލެއްދޫއަށް ވަޑައިގެން ސަޕޯޓަނުންނާއި ބައްދަލު ކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައި ވާއިރު އެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވޯޓާސް ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް