ރައީސް ސޯލިހް ކެމްޕޭނަށް ނ. އަތޮޅުގައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ނ. އަތޮޅަށް ވަޑައިގެންފިއެވެ. ރައީސް ނ. އަތޮޅަށް ވަޑައިގަންނެވީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރު...

07 Jan 2023 | 07:26

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ނ. އަތޮޅަށް ވަޑައިގެންފިއެވެ.

ރައީސް ނ. އަތޮޅަށް ވަޑައިގަންނެވީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުއެވެ.

ރައީސް ޞާލިހްގެ ކެމްޕެއިން ޓީމުން ހާމަކުރާ ގޮތުގައި ނ. އަތޮޅަށް އެމަނިކުފާނު ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންފައި ވަނީ ކެނދިކުޅުދޫ އަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައި ވާއިރު އެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވޯޓާސް ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް