ޗާލު މިސްކިތް ފަންޑަށް އުރީދޫ އެމްފައިސާ މެދުވެރިކޮށް އެހީވެވޭނެ

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހުޅުވާލައިފައިވާ ޓެލެތޯން "ޗާލު މިސްކިތް ފަންޑް" އަށް އުރީދޫ އެމްފައިސާ މެދުވެރިކޮށް އެހީވެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އުރީދޫއިން ބުނީ ...

07 Jan 2023 | 07:07

މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހުޅުވާލައިފައިވާ ޓެލެތޯން "ޗާލު މިސްކިތް ފަންޑް" އަށް އުރީދޫ އެމްފައިސާ މެދުވެރިކޮށް އެހީވެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫއިން ބުނީ މި ފަންޑަށް ފައިސާ ހަދިޔާ ކުރަން ބޭނުންވާ އުރީދޫ އެމްފައިސާ ކަސްޓަމަރުންނަށް މިސްކަތްތަކުގައިވާ ކިޔުއާރު ކޯޑު ސްކޭންކޮށްގެން އެކަން ފަސޭހަ ކަމާއެކު ކޮށްލެވޭނެ ކަމަށެވެ.

އަދި އެމްފައިސާއަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް މައި އުރީދޫ އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށް އުރީދޫއިން ހާމަކުރެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ފަންޑަށް ފައިސާ ހަދިޔާ ކުރެވޭ ގޮތް ހެދުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

https://twitter.com/OoredooMaldives/status/1611324535911124992

މާލޭ ސިޓީ ކައުންސިލުން އިއްޔެ ފެށި މި ހަރަކާތަށް އިއްޔެ އެކަނި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

މި ހަރަކާތް މިއަދުވެސް ކުރިޔަށްދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް