ބޮލީވުޑްގެ ސުޕާ ސްޓާރުން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން އާ އަހަރުގެ ޗުއްޓީ ހޭދަ ކުރީ ރާއްޖޭގައި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ދެ ތަރިން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޗުއްޓީއަށް ފުރަން އިންޑިއާގެ މުމްބާއީ އެއާޕޯޓުގައި އުޅެނިކޮށް ފެނިފައިވެ އެވެ. އެކަމަކު އެމީހުން ދިޔައީ ކޮން ގައުމަކަށް ކަމެއް އޭރު ނޭނގެ އެވެ.
ޗުއްޓީގެ އެއްވެސް ފޮޓޯއެއް މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެ ތަރިންވެސް ހިއްސާއެއް ނުކުރެ އެވެ.
އެކަމަކު އިއްޔެ ދީޕިކާ ވަނީ އޭނާ ލޯންޗެއްގެ ފަހަތު ސީޓުގައި ވަރަށް ހަމަޖެހިލައިގެން އުފަލުން އިން ވީޑިއޯއެއް ޕޯސްޓުކޮށްފައި އެވެ. އަދި ބުނީ އެ ވީޑިއޯ ކޮށްދިނީ ރަންވީރު ކަމަށެވެ.
ޕޯސްޓުގައި ދީޕިކާ ވަނީ ޝުކުރުގެ މެސެޖަކާއި އެކު އާ އަހަރުގެ ތަހުނިޔާ ކިޔާފައި އެވެ. އަދި އޭނާއަށް އުފަން ދުވަހުގެ ތަހުނިޔާ ކީ އެންމެންނަށް ޝުކުރު އަދާކޮށްފައިވެ އެވެ. ދީޕިކާގެ އުފަން ދުވަހަކީ ޖެނުއަރީ ފަހެކެވެ.
https://www.instagram.com/p/CnEmpSeOMRh/
ވީޑިއޯ ކޮށްފައިވާ ތަނެއް އަދި ޗުއްޓީއަށް ދިޔަ ގައުމެއް ނުބުނި ނަމަވެސް ލޯންޗު ޑިޒައިން ކޮށްފައިވާ ގޮތާއި މާހައުލަށް ބަލާއިރު އެއީ ރާއްޖެ އެވެ. އެކަން އިންޑިއާގެ ނޫސްތަކުގައިވެސް ފާހަގަ ކޮށްފައިވެ އެވެ.
ދެ ތަރިން އެނބުރި އިންޑިއާއަށް ދިޔަ ކަމެއް އަދި ނޭނގެ އެވެ.
ދީޕިކާ އާއި ރަންބީރުގެ އިތުރުންވެސް ގިނަ މަޝްހޫރު ފަރާތްތަކެއް ވަނީ ރާއްޖެއަށް އާ އަހަރު ފާހަގަ ކުރަން އައިސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް