މާލޭ މިސްކިތްތައް މަރާމާތު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދާ "ޗާލު މިސްކިތް" ހަރަކާތަށް ފުރަތަމަ ދުވަހުން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
މިހަރަކާތްފެށީ އިއްޔެ ހަވީރު އެވެ. އަދި މާދަމާ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށް ކުރިއަށް ގެންދާނެ އެވެ.
ސިޓީ ކައުންސިލުން ދެންމެ ބުނީ އިއްޔެގެ ހަރަކާތުން 313،397.90 ރުފިޔާ ލިބިފައިވާ ކަމަށެވެ. އާންމުންގެ ފަރާތުން ލިބުނު ތާއީދަށް ކައުންސިލުން ވަނީ ޝުކުރުއަދާ ކޮށްފައެވެ.
މި ޓެލެތޯން ބޭއްވުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވެ އެވެ. އެކައުންސިލުން މާލެއާއި ވިލިމާލޭގައި 42 މިސްކިތެއް އަންނަނީ ބަލަހައްޓަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް