ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވެފައިވާ ވައުދު ފުއްދޭނީ ސަރުކާރުގެ ކެނޑިޑޭޓަކަށް: ރައީސް ސޯލިހު

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވެފައިވާ ވައުދު ފުއްދޭނީ ސަރުކާރުގެ ކެނޑިޑޭޓަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާ...

07 Jan 2022 | 18:11

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވެފައިވާ ވައުދު ފުއްދޭނީ ސަރުކާރުގެ ކެނޑިޑޭޓަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެކަން އެހެން ވިސްނުމެއްގެ އެހެން ފިކުރެއްގެ ބަޔަކަށް ނުކުރެވޭނެ ކަމަށެވެ.

"ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލާންވީ ބަޣާވާތާއި މަނީ ލޯންޑަރިންއާ ދެކޮޅަށް. ސަރުކާރުން މިއަދު ޑްރަގާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކީ އިދިކޮޅު ފަރާތްތަކަށް ބަލައި ގަނެވޭނެ ކަމެއް ނޫން. އެކަން ހުއްޓާލެވެން ނެތް." ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް