ރަންނާޅި ފަރަށް އެރި އެފްއެސްއެމްގެ ތޮޔޮ ބާޖު ފުންކޮށްފި

ކ. ރަންނާޅި ރިސޯޯޓު ކައިރީގައި އޮންނަ ރަންނާޅި ފަަރަށް އެރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބާޖު އެމްއެންޑީއެފް އިން މިއަދު ފުން ކޮށްފިއެވެ. ރަންނާޅި ފަރަށް އެފްއެސްއެމްގެ ތެޔޮ ބާޖު ...

07 Jan 2022 | 18:02

ކ. ރަންނާޅި ރިސޯޯޓު ކައިރީގައި އޮންނަ ރަންނާޅި ފަަރަށް އެރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބާޖު އެމްއެންޑީއެފް އިން މިއަދު ފުން ކޮށްފިއެވެ.

ރަންނާޅި ފަރަށް އެފްއެސްއެމްގެ ތެޔޮ ބާޖު "މެކުނު" އެރީ ބުދަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކ. ރަންނާޅި ރިސޯޓު ކައިރީ އޮތް ފަރަށް އެރި "މެކުނު"  ފުންކުރީ މިއަދު ހަވީރު 4:45 ގައި ކަމަށެވެ.

އެގޮތުން މި ބާޖު ފުންކުރުމުގެ މަސައްކަތް ކުރީ އެމްއެންޑީއެފްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރެވެ.

އަދި މި ބާޖު ފަރަށް އެރިއިރު އޭގައި ހުރީ ކިހާ ތެލެއް ކަމެއް ނޭނގުނު ނަމަވެސް، އެމްއެންޑީއެފުން ވިދާޅުވީ ތެޔޮ ލީކުވެފައި ނުވާ ކަމުގައެވެ.

ޤުދުރަތީ ގޮތުން މުއްސަނދި ރަންނާޅި ފަރަށް މި ބާޖު އަރަން ދިމާވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް