މިއަދުގެ އަދަދުތައް ވެސް ހުރީ 200 އިން މަތީގަ

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން އިތުރު 281މީހުންނަށް ކޯވިޑް-19 ޖެހިއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެފަހުގެ ތަފާސް ހިސާބަށް ބަލާއިރު، މިއަދު އަތޮޅުތެރެއިން 88 މީހުންނާއި މާލެ...

07 Jan 2022 | 17:55

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން އިތުރު 281މީހުންނަށް ކޯވިޑް-19 ޖެހިއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެފަހުގެ ތަފާސް ހިސާބަށް ބަލާއިރު، މިއަދު އަތޮޅުތެރެއިން 88 މީހުންނާއި މާލެއިން 100 މީހުން އަދި ރިސޯޓުތަކުން 89 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ފާއިތުވި 24 ގަޑި އިރު، 3،601 ސާމްޕަލް ޓެސްޓުކޮށްފައިވާ އިރު، އެކްޓިވް ކޭސް ގެ އަދަދަކީ 3،806އެވެ. އަދި 12 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 93،968 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 264 އަށް އަރާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 97،331 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް