ލަންކާގެ މަސްބޯޓެއް ރާއްޖެ ސަރަހައްދުން އޮޔާދާތީ ސަމާލުވާން އެދިއްޖެ

ސްރީލަންކާގެ މަސްބޯޓެއް ބަންޑުންޖަހާލައި ރާއްޖެ ސަރަހައްދުން އޮޔާދާތީ ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން އެދިއްޖެއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ސްރީލަންކާ އިނ...

07 Jan 2022 | 16:47

ސްރީލަންކާގެ މަސްބޯޓެއް ބަންޑުންޖަހާލައި ރާއްޖެ ސަރަހައްދުން އޮޔާދާތީ ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން އެދިއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ސްރީލަންކާ އިން މަސްވެރިކަމަށް ނުކުމެ އުޅުނު މަސްބޯޓެއް ބަންޑުން ޖަހާލައި އޮޔާދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމުގައެވެ.

އެގޮތުން އެ ބޯޓު މާލެ އަތޮޅާއި ވ. އަތޮޅާ ދިމާލަށް އޮޔާ އަންނަކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން، ހާއްސަގޮތެއްގައި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް