ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗް ކުރުމަށް އެރަށަށް ވަޑައިގަތުމަށްޓަަކައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކޮމަންޑޫ އަށް ފުރާ ވަޑައިގެންފިއެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕޭން ލޯންޗު ކުރުމުގެ ރަސްމިއްޔާތު ހަމަޖައްސާފައި ވަނީ މިރޭ 8:30 ގައި ކޮމަންޑޫގެ އެމްޑީޕީ ހަރުގެ ކުރިމަތީގަ އެވެ.
އެ ޖަލްސާގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ އިތުރުން ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ބައިވެރިވެވަޑައި ގަންނަވާނެއެވެ.
https://twitter.com/MDPSecretariat/status/1479394372567199746?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1479394372567199746%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmihaaru.com%2Fnews%2F102886
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ. މި ދާއިރާއަށް އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީ ހިމެނޭހެން ތިން ޕާޓީން ކެންޑިޑޭޓުން ވާދަ ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް