ރާއްޖޭގެ ދެ ސަރަހައްދެއްގައި ސިފައިންގެ ތަމްރީން ތަކެއް ފެށުމަށް ތައްޔާރު ވަމުންދާތީ ސަމާލުުވުމަށް އެންއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
ތ. އަތޮޅުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަމްރީނުތައް ރޭވިފައި ވަނީ ތ. އެލާ، ވޭމަންޑޫ، ތިމަރަފުށި، ގުރައިދޫ އަދި ދިޔަމިގިލީގައެވެ. މި ތަމްރީންތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 15 އިން 22 އަށެވެ.
އައްޑޫސިޓީގައި ކުރިއަށް ގެންދަން ހަމޖެހިފައިވާ ތަމްރީންތައް ރޭވިފައި ވަނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި އެ ތަންތަނާ ގުޅިފައިވާ ކަނޑުގެ ސަރަހައްދުގައެވެ. މި ތަމްރީންތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 10 އިން 14 އަށެވެ.
މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރި ވާނެއެވެ. އަދި ސިމިއުލޭޝަންގެ ގޮތުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް