ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީ ކުރި އައު ވީއައިޕީ ޓަރމިނަލް މިއަދު ބޭނުން ކުރަން ފަށައިފިއެވެ.
އަލަށް ތަރައްޤީ ކުރި ވީއައިޕީ ޓަރމިނަލުން މިއަދު ވަނީ ބައެއް ފަތުރުވެރިންނަށް ޚިދުމަތް ދީފައެވެ.
އެގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަޤާމް ވެސް އަދާކުރައްވާ އަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގެން ވީއައިޕީ ޓަރމިނަލްގައި މަޑުުކުރައްވާފައި ވެއެވެ.
ޝާހިދު ރާއްޖެ ވަޑައިގެންނެވީ ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާތީ ރަސްމީ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
އަލަށް ތަރައްޤީ ކުރި ވީއައިޕީ ޓާމިނަލް އިން އެއްފަހާރާ 95 މީހުންނަށް ޚިދުމަތް ދެވޭނެއެވެ.
ގާތްގަނޑަކަށް 2000 އަކަމީޓަރުގެ ސަރަހައްދެއްގައި ތަރައްޤީ ކޮށްފައިވާ މި ވީއައިޕީ ޓާމިނަލްގައި ވަކިން ކޮޓަރި ބޭނުންވާ ފަރާތްތަކަށް އެންމެ ލަގްޒަރީ ޚިދުމަތްތައް ވެސް ލިބެން ހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް