މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ހެންވޭރު ހުޅަނދު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ދޫކޮށްލަން މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.
އެ ދެ ބޭފުޅުން ފުލުހުން ހައްޔަރު ކުރީ އިއްޔެ ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިންނެވެ. ނަރީޝް އާއި އައިފާން އަކީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލަރުންނެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ނަރީޝް އާއި އައިފާން ހައްޔަރު ކުރުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ދެ ބޭފުޅުން ދޫކޮށްލަން ގޮވާލާ ކަމަށް ބުނެފައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ ނަރީޝް އާއި އައިފާން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ ހައްގު ބޭނުން ކުރަމުން ދަނިކޮށް ކަމަށެވެ.
އިއްޔެގެ މުޒާހަރާއިން ފުލުހުން11 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުން ހައްޔަރު ކުރި މީހުންނެވެ.
އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ ކުރާ ކެމްޕެއިނެކެވެ. ޕީޕީއެމްއިން ބުނީ އެމީހުން ގައުމުން ފޮނުވާނުލަނީސް މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށެވެ.
ރާއްޖޭގައި އިންޑިއާގެ 75 ސިފައިން ގާއިމްވެ އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް