ސިފައިންގެ މެދުގައި ރިޔަލު ދޯނި ދުއްވުމާއި ފަލި ޖެހުމުގެ މުބާރާތެއް އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި އެމްއެންޑީއެފުން ހާމަކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މިއީ ދިވެހި ސިފައިން ކަނޑުގެ މާހައުލަށް އަހުލުވެރިވުން އިތުރުކޮށް، ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރުކުރުމުގައި ރިޔާ ނެގި ދޯނި ދުއްވުން އަދި ފަލި ޖެހުމުގެ ހުނަރު އަށަގެންނެވުމަށް ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ބޭއްވޭ މުބާރާތެއް ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ މި މުބާރާތް މި ފެށޭ ހަފްތާގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު ފެށުމަށް ހަމަޖެހިފައިވަނީ ހާއްސަ ރަސްމިއްޔާތަކާއެކު އިއްޒުންދީން ފާލަން ސަރަހައްދުގައި ކަމަށެވެ. މި މުބާރާތަކީ ސިފައިންގެ ލީޑަރޝިޕް އިން އިސްނަންގަވައިގެން ބާއްވާ މުބާރާތެއް ކަމަށާއި މި މުބާރާތް ކުރިއަށްދާނީ މާލޭ އުތުރު ފަރާތު އިއްޒުއްދީން ފާލަން އާއި ދިމާލުން ކަނޑުގައި ކަމުގައިވެސް އާޒިމް ވިދާޅުވި އެވެ. މީގެ އިތުރުން މި މުބާރާތް ބެލުން އާއްމުކޮށް ހުޅުވާލެވިފައިވާކަމުގައިވެސް އާޒިމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް