ޗައިނާ ކުންފުންޏެއް ކަމުގައިވާ މުންރޯ އިން އެ ކުންފުނީގެ އައު ސައިކަލު ދައްކާލައިފި

ޗައިނާގެ އޮޓޯމޯޓިވް ކުންފުންޏެއް ކަމަށްވާ މުންރޯ މޮޓަރސް އިން އެ ކުންފުނީގެ އެއްމެ ފަހުގެ މޮޑެލް މުންރޯ 2.0 ދައްކާލައިފި އެވެ. މިއީ ޗާޖުކޮށްގެން ދުއްވޭގޮތަށް ފަރުމާކޮށްފައިވާ އިލެކްޓްރޯނިކް ސައިކަލެކެ...

07 Jan 2017 | 03:01

ޗައިނާގެ އޮޓޯމޯޓިވް ކުންފުންޏެއް ކަމަށްވާ މުންރޯ މޮޓަރސް އިން އެ ކުންފުނީގެ އެއްމެ ފަހުގެ މޮޑެލް މުންރޯ 2.0 ދައްކާލައިފި އެވެ.

މިއީ ޗާޖުކޮށްގެން ދުއްވޭގޮތަށް ފަރުމާކޮށްފައިވާ އިލެކްޓްރޯނިކް ސައިކަލެކެވެ. މި ސައިކަލު ފަރުމާކޮށްފައިވަނީ ރެޓްރޯ ސްޓައިލަކަށެވެ.

މި ސައިކަލުގެ ބަރުދަނަކީ 35 ކިލޯ އެވެ. ސައިކަލުގައި ބޭނުންކޮށްފައިވަނީ އަލްޓްރާވައިލެޓް ޕްރޮޓެކްޓެޑް ދަވާދެވެ. ފޯނު ޗާޖު ކުރުމަށް ޔޫއެސްބީ ވާކޮޅެއް ސައިކަލާ ގުޅާލެވެ އެވެ.

ބެޓެރީޕެކް ވަކިން އަޅުވާލެވޭގޮތަށް ފަރުމާކޮށްފައިވާ ބެޓެރީ ޕެކަކުން ތިރީސް މޭލަށް ދުއްވޭނެކަމުގައި މުންރޯ އިން ހާމަކުރެ އެވެ.އަދި މީގެ ސައިކަލެއްގެ އެއްމެ ބާރު ސްޕީޑަކީ ގަޑިއަކު 28 މޭލު ކަމުގައިވެސް އެ ކުންފުނިން ހާމަ ކުރެ އެވެ.

ޗައިނާގައި މި އުފެއްދުމުގެ އަގަކީ 800ޑޮލަރެވެ. މި އަހަރުގެ ތެރޭގައި މި އުފެއްދުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކްސްޕޯޓް ކުރުމަށް މުންރޯ އިން ތައްޔާރުވަމުން އަންނައިރު އެމެރިކާގައި މި އުފެއްދުން ވިއްކާނެ ކަމުގައި ބެލެވެނީ 1200 ޑޮލަރާއި 1700 ޑޮލަރާއި ދެމެދުގެ އަގެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް