ސްމާޓްފޯނުގެ ވާހަކަތަކުގެ ތެރެއިން މިހާރު އެއްމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ސެމްސަންގް އިން ލޯންޗް ކުރުމަށް ތައްޔާރު ވަމުން އަންނަ އެ ކުންފުނީގެ ސްމާޓްފޯން ފްލެގްޝިޕް ސެމްސަންގް ގެލެކްސީ އެސް 8ގެ ވާހަކަ އެވެ.
މި ފޯނާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. ފޯނުގައި ހިމެނޭނެ ތަފާތު ފީޗާތައް ކަމުގައި ބުނެ ގިނަ ވާހަކަތައްވެސް އަންނަނީ ފެތުރެމުންނެވެ. މިފަހަރު މިއޮތީ ފޮޓޯ އެކެވެ. ޗައިނާގެ ސޯޝަލް މީޑިއާއެއް ކަމުގައިވާ ވެއިބޯގައި ޕޯސްޓްކޮށްފައިވާ މި ފޮޓޯއަކީ އެސް 8ގެ ފޮޓޯއެއްކަމުގައި މި ޕޯސްޓްކުރި ފަރާތުން ވަނީ ބުނެފަ އެވެ.
މި ފޮޓޯއިން ފެންނަގޮތުން ނަމަ މިހާތަނަށް އެސް 8 އާއި ގުޅޭގޮތުން ދައްކަމުން އަންނަ ވާހަކަތައް ދިމާވެ އެވެ. އެގޮތުން ކާވްޑް ޑިސްޕްލޭ، ފްރޮންޓް ސައިޑްގެ ބޮޑުބައެއްގައި ސްކްރީން ހިމެނުން އަދި ފްރޮންޓް ސައިޑްގައި ހޯމް ބަޓަން ހިމަނާފައި ނުވުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް