ފްލޮރިޑާގެ "ފޯޓް ލޯޑަރޑޭލް-ހޮލީވުޑް އިންޓަނޭޝަނަލް އެއާޕޯޓް"ގައި ރޭ މީހަކު ދިން ބަޑީގެ ހަމަލާއެއްގައި ފަސް މީހަކު މަރާލައި އަށް މީހަކު ޒަހަމް ކޮށްލައިފި އެވެ.
މީޑިއާތަކުން މިކަން ރިޕޯޓްކޮށްފައިވާގޮތުގައި ސްޓަރވާސް ޓީސާޓެއް ލައިގެން ހުރި މީހަކު ބަޑީގެ ހަމަލާތައް ދީފައިވަނީ ބަގެޖް ކަރައުސަލް ކައިރީގަ އެވެ.ބަޑީގެ ހަމަލާ ދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާކަމަށްވެސް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.
މި ފަހަކަށް އައިސް އެއާޕޯޓްތަކުގައި އަންނަ މި ފަދަ ހަމަލާތައް އިތުރުވެފައިވާއިރު ރޭގެ މި ހަމަލާ ދީފައިވަނީ އެމެރިކާގެ ޕާސްޕޯޓް އޮތް އެމެރިކާގެ ރައްޔިތެއް ކަން މީޑިއާ ރިޕޯޓްތައް ފާހަގަކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް