މައްކާގެ މަރާމާތަށާއި ހައްޖުގެ އަޅުކަން ކުރިއަށްދާ ސަރަހައްދު ބޮޑު ކުރުމަށްޓަކައި ހައްޖު ކޯޓާގެ އަދަދުތައް މަދު ކުރުމަށް ސައުދީން ނިންމީ މީގެ ފަސް އަހަރު ކުރިންނެވެ. އޭރު ނިންމީ ގައުމުތަކަށް ދޭ ކޯޓާއިން 20 އިންސައްތަ އަދި ސައުދީ ރައްޔިތުނަށް ދޭ ކޯޓާއިން 50 އިންސައްތަ މަދު ކުރުމަށެވެ. ނަމަވެސް މިކަމަށް ނިމުމެއް ގެނެސް ކުރީން އޮތް ގޮތަށް ގައުމުތަކަށް ކޯޓާ ދޫކުރުމަށް ސައުދީން އިއްޔެ ވަނީ ނިންމާފަ އެވެ.
ސައުދީ ހައްޖު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ މަރާމާތުގެ މަސައްކަތް ނިމެން ގާތްވެފައިވާތީ ކަމުގައި އެ ކޮމިޓީން ވަނީ ހާމަކޮށްފަ އެވެ.
ސައުދީ ނޫސްތަކުގައި ވާގޮތުން ހައްޖުގެ އަޅުކަން ފެށެން ވާއިރަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން އެކަމަށް ތައްޔާރުވުމަށް ޕްރިންސް މުހައްމަދު ވަނީ ހައްޖު ކޮމިޓީ މެދުވެރިކުރައް އެކި ޑިޕާޓްމެންޓްތަކަށް އަންގަވައިފަ އެވެ.
މި ބަދަލާއެކު އެކި ގައުމުތަކަށް ކޯޓާ ހަމަޖެއްސުމުގެ މަސައްކަތްކުރާނީ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ކަމުގައިވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އަދި ވަކި އަދަދުތަކެއް ނިންމާފައި ނުވާކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް