އަނެއްކާވެސް އައިއެސްގެ އިސްވެރިއަކު މަރާލެވިއްޖެ: އެމެރިކާ

މެދުއިރުމަތީގެ ގައުމުތަކުގައި ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ އައިއެސް ޖަމާއަތުގެ އިސް ލީޑަރަކު މަރާލެވިފައިވާމުގައި އެ ޖަމާއަތް ނައްތާލުމަށް ހާއްސަ ...

07 Jan 2017 | 01:48

މެދުއިރުމަތީގެ ގައުމުތަކުގައި ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ އައިއެސް ޖަމާއަތުގެ އިސް ލީޑަރަކު މަރާލެވިފައިވާމުގައި އެ ޖަމާއަތް ނައްތާލުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިގެންއުޅޭ އެމެރިކާއިން ބުނެފި އެވެ.

އިއްޔެ އެމެރިކާއިން ބުނީ އިރާގުގެ ރައްގާގައި މަރާލެވިފައިވަނީ އައިއެސްގެ އެއްމެ އިސްވެރިންނަށް ފައިސާގެ ކަންކަން ހަމަޖައްސައިދިނުމާއި އިންޓެލިޖެންސް ރިޕޯޓްތައް ފޯރުކޮށްދިނުމުގައި އެއްމެ އިސްކޮށް އުޅޭ އެކަކު ކަމުގައިވާ މަހްމޫދު އަލް އިސްލާވީ ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

އޭނާ މަރާލެވިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށާއި އެއީ މިދިޔަ އަހަރު މަރާލެވުނު އައިއެސްގެ ވެރިންގެ ތެރެއިން 16 ވަނަ މީހާ ކަމުގައިވެސް އެމެރިކާއިން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް