ފުލުހުންނަށް ދޮގު މައުލޫމާތުދިން މީހަކު ހައްޔަރުކޮށްފި

ޒާތީ މަޢުލޫމާތު އޮޅުވާލައި ފުލުހުންނަށް ދޮގު މަޢުލޫމާތު ދިން ޒުވާނަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 19 އަހަރު...

07 Jan 2015 | 18:49

ޒާތީ މަޢުލޫމާތު އޮޅުވާލައި ފުލުހުންނަށް ދޮގު މަޢުލޫމާތު ދިން ޒުވާނަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިރޭ 19:15 ހާއިރު މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅުނު ހަތަރު އަނގޮޅި ސަރަޙައްދުގައި ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، އޭނާ ސައިކަލްގައި ދުއްވާފައި ދިޔައިރު އަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން ކަމަށް ފުލުހުން ބުނެއެވެ.

އަދި އޭނާ ހުއްޓުވައި ސުވާލު ކުރުމުން، އޭނާގެ ޒާތީ މަޢުލޫމާތުތައް ފުލުހުންނަށް އޮޅުވާލައި، ދޮގު މަޢުލޫމާތު ދީފައިވާކަމަށާއި މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް