އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން ގެނެސްގެން ޝޯ ބޭއްވުމަކީ އިސްލާމްދީނާއި ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މާދަމާރާ ބޭރުގެ ފަންނަނާނުންތަކަކެއް ގެނެސްގެން ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯ އާއި ގުޅޭޣޮތުން ޝައިހު އިމްރާން ވިދާޅުވީ ކޮންމެ ސަރުކާރަކުން ކޮންމެ މީހަކު ރާވައިގެން ކަމަށް ވިޔަސް އޭކަން ފަދަ މީހަކު ގެނެސްގެން ޝޯ ބޭއްވުމަކީ މުސްލިމް ގައުމެއްގައި އިސްލާމް ދީނާއި ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެކަމަށް ފާޅުގައި ދެކޮޅު ހައްދަވާ ކަމަށްއިމްރާން ވިދާޅުވި އެވެ.
ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު އިސްނަންގަވައިގެން މާދަމާރޭ ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯވ އާއި ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ ވާހަކަ ދައްކަވަމުންނެވެ
މި ޝޯވ ބޭއްވުމާ ބެހޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އައު އަހަރު ފާހަގަކުރުމަށް ބޭއްވި ޝޯ އާއި ގުޅިގެން މިނިސްޓަރ ވަނީ ފާދު ވިދާޅުވެ ވާހަކަދައްކަވާފައެވެ.
ނަމަވެސް މިނިސްޓަރ އަދީބް ވިދާޅުވެފައި ވަނީ ރާއްޖޭން ބޭރުން ފަންނާނުން ގެނެސް މާލޭގައި މިއުޒިކް ޝޯތައް ބާއްވަނީ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ކަމަށެވެ. އަދި ބޭރު ފަންނާނުން ގެނެސްގެން ޝޯވ ބޭއްވުމާއި ދީނާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މާދަމާރޭގެ ޝޯގައި އޭކޮންގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާގެ ވެސް ހުށަހެޅުންތަކެއް ފެނިގެން ދާނެއެވެ. ޝޯ ގައި ބައިވެރިވުމަށް މިރޭ އޭކޮން ރާއްޖެ އަންނައިރު، ޕްރިޔަންކާ ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ދީނީ އިލްމުވެރިން އެ ޝޯ ބޭއްވުމާއި ދެކޮޅަށް ވާހަކަ ރާޢްޖޭގެ ބައެއް ފަންނާނުން ދަނީ އެ ޝޯގައި ބައިވެރިކޮށްދިނުމަށް އެދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް