ރާއްޖޭން ބޭރުގެ ތަރިން ބައިވެރިވެގެން މާދަމާރޭ ބާއްވާ މިއުޒިކް ޝޯގައި ބޮލީޑުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ބައިވެރިވާތީ، އެ ޝޯގައި އައިޓަމެއް ހުށަހަޅާ ލުމުގެ ފުރުސަތައް ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ އަދި ޕްރިޔަންކާއަށް ކުރާ ސަޕޯޓު އެތައް ގޮތަކުން ހާމަ ކުރަމުުންދާ ސުނީތާ އަލީ އެދިއްޖެ އެވެ.
އޭނާ އެކަމަށް އެދިފައިވަނީ ޕްރިޔަންކާ މާދަމާ ރާއްޖެ އަންނަކަން ޓުރިޒަމް މިނިސްޓާ އަހުމަދު އަދީބު މިއަދު ޔަގީން ކޮށްދެއްވުމުން ޓުވިޓާގައި އަދީބަށް އެޑްރެސް ކޮށެވެ. ސުނީތާ ބުނެފައިވަނީ އެ ޝޯގައި އަިއޓަމެއް ހުށަހަޅާލުމުގެ ފުރުސަތު އޭނާއަށް ލިބޭނެ އެއްވެސް ގޮތެއް އޮންނާނެ ތޯއާއި އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ އެކަން ވެގެންދާނީ އޭނާގެ ހުވަފެން ހަގީގަތަކަށް ވުން ކަމަށެވެ.
https://twitter.com/sunee7777/status/552735160509030401
ސުނީތާ މިނިސްޓާ އަދީބަށް އެޑްރެސްކޮށް ކުރި މި ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ޓުވިޓާގައި އެ ފުރުސަތު ސުނީތާ އަށް ދިނުމަށް އެދިފައި އެވެ. އެމީހުން ބުނެފައިވަނީ އެފަދަ ފުރުސަތެއް ދިނުމަކީ ދިވެހި ތަރިން ޕްރޮމޯޓު ވެގެންދާނެ ކަމެއް ކަމަށެވެ.
ސުނީތާގެ އެ އެދުމަށް ޖަވާބު ދިނުމުގެ ގޮތުން ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެފުރުސަތު ސުނީތާއަށް ދޭނެ ކަމަށާއި ސްޓޭޖު މަތިން ޕްރިޔަންކާއާއި ބައްދަލު ކުރުމުގެ ފުރުސަތުވެސް ދޭނެ ކަމަށެވެ. އަދި ސުނީތާ އަކީ ރާއްޖޭގައި ހުރި ޕްރިޔަންކާގެ އެއްވަނަ ސަޕޯޓަރު ކަމަށް ވާތީ ސުނީތާއަށް ހުށަހަޅާލަން ފުރުސަތު ދިނުން ހައްގު ކަމަށް އަދީބު ވިދާޅުވެފައި ވެއެވެ.
https://twitter.com/Ahmed_Adeeb/status/552742989588471808
ސުނީތާ އަށް އެ ފުރުސަތު ލިބުމުން ޓުވިޓާގައި ހަރަކާތްތެރިވާ ޕްރިޔަންކާގެ ފޭން ކްލަބުން ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ.
https://twitter.com/TheSambitsamal/status/552744990901043200
ސުނީތާ އިއްޔެ މީޑިއާގައި ބުނެފައިވަނީ އޭނާއަށް އެ ޝޯގައި ހުށަހަޅާލުމުގެ ފުރުސަތު ލިބިއްޖެނަމަ ބޭނުންވަނީ ޕްރިޔަންކާއަށް އޭނާ ތައްޔާރު ކުރި ޓްރިބިއުޓް ޕްރިޔަންކާ ކުރިމަތީ ގައުމުގައި ހުށަހަޅައިދޭން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް