ބިރު ދައްކައިގެން އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރި ބައްޕަގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އުމުރުން 16 އަހަރުގެ އަންހެން ދަރިފުޅަށް ގަދަކަމުން ޖިންސާ ގޯނާކުރުމުން ދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕަގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލ...

07 Jan 2015 | 07:57

އުމުރުން 16 އަހަރުގެ އަންހެން ދަރިފުޅަށް ގަދަކަމުން ޖިންސާ ގޯނާކުރުމުން ދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕަގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ 43 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރު ކޮށްފައިވާކަމަށެވެ.

އަންހެން ދަރިފުޅަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މިމީހާ ހައްޔަރުކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު  މައްސަލައާ ގުޅިގެން އެދުވަހުގެ ރޭ 23:30 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުޤީޤު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް