ހައުސިންގ މިނިސްޓްރީ ވަގުތީ ގޮތުން ހޯމް މިނިސްޓަރާއި ހަވާލު ކުރައްވައިފި

ހައުސިންގ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހޯމް މިނިސްޓާ އުމަރު ނަސީރާއި ހަވާލު ކުރައްވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވީ ހައުސިންގ މިނިސްޓްރީގެ ހިންގުން ހޯމް މިނިސްޓަރ...

07 Jan 2015 | 07:55

ހައުސިންގ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހޯމް މިނިސްޓާ އުމަރު ނަސީރާއި ހަވާލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވީ ހައުސިންގ މިނިސްޓްރީގެ ހިންގުން ހޯމް މިނިސްޓަރާއި ހަވާލު ކުރެއްވީ ހައުސިންގ މިނިސްޓާ ޑރ މުހައްމަދު މުއިޒު އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުން ކަމަށެވެ. އެހެން ނަމަވެސ މިނިސްޓާ އެނބުރި ވަޑައިގެންނަވާނެ ދުވަހެއް ނޭނގޭ ކަމަށް މުއާޒު ވިދާޅުވި އެވެ.

ހައުްސިންގ މިނިސްޓްރީ ހިންގުން އުމަރާއި ހަވާލު ކުރެއްވި އިރު މިހާރު ތިން މިނިސްޓްރީއެއްގެ ހިންގަނީ ވަގުތީ ގޮތުން އެހެން މިނިސްޓަރުންނެވެ.

އެގޮތުން ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް އަމިއްލަ ދަތުރުފުޅެއްގައި ބޭރަށް ވަޑައިގެންނެވުމުން ޑިފެންސް މިނިސްޓްރީ ހިންގަވަމުން ގެންދަވަނީ ޓޫރިޒަމް މިނިސްޓާ އަހުމަދދު އަދީބެވެ. ނާޒިމް ވަގުތީ ގޮތުން ހަވލުވެ ހުންނެވި ހެލްތް މިނިސްޓްރީ މިހާރު ބަލަހައްޓަވަމުން ގެންދަވަނީ އިސްލާމިކް މިނިސްޓާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް