ދިވެހި ދެ ފިރިހެނުން "ކިސްކުރާ" ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ލިފްޓެއްގެ ތެރޭގައި  ދިވެހި ދެ ފިރިހެނުން "ކިސް" ކުރާ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ ލިފްޓެއްގެ ތެރޭގައި ތިން މީހަކު ތިބެފ...

07 Jan 2015 | 06:03

ލިފްޓެއްގެ ތެރޭގައި  ދިވެހި ދެ ފިރިހެނުން "ކިސް" ކުރާ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ ލިފްޓެއްގެ ތެރޭގައި ތިން މީހަކު ތިބެފައި އެތަނުން އެކަކު ލިފްޓުން ފޭބުމުން އަނެއް ދެމީހުން ލިފްޓުގެ ކަނަކަށް ދިއުމަށްފަހު "ކިސް" ކުރާ މަންޒަރެވެ. އަދި އިތުރު ބަޔަކު ލިފްޓަށް އެރުމުން ހުއްޓާލުމަށްފަހު އަނެއްކާވެސް ލިފްޓްގައި އެ ދެމީހުން އެކަނި ވުމުން ކިސް ކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިއާގައި މިފަދަ ވީޑިއޯއެއް އާންމުވެފައިވާތީ ބަދުއަހުލާގީ މައްސައެއްގެ ގޮތުގައި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް