އަށް އަހަރުގެ ކުއްޖަކާ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގި މީހަކު ހައްޔަރު ކޮށްފި

އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 68 އަހަރުގެ ފިރިހެނެއް...

07 Jan 2015 | 05:52

އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 68 އަހަރުގެ ފިރިހެނެއް ކަމަށެވެ.

2015 ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށެހެޅުނު މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

އަދި މި މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް