އޭކަން އާއެކު ޝޯގައި ޕްރިޔަންކާވެސް ބައިވެރިވާނެ: އަދީބު

މާދަމާރޭ ގަލޮޅު ދަނޑުގައި ބާއްވާ ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުން މިއުޒިކް ފެސްޓިވަލުގައި އޭކަންއާއެކު އިންޑިއާގެ މަޝްހޫރު ބަތަލާ އަދި ލަވަކިޔުންތެރިޔާ ޕްރިޔަންކާ ޗޯޕްރާވެސް ބައިވެރިވާނެ ކަމަށް ޓުއ...

07 Jan 2015 | 05:39

މާދަމާރޭ ގަލޮޅު ދަނޑުގައި ބާއްވާ ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުން މިއުޒިކް ފެސްޓިވަލުގައި އޭކަންއާއެކު އިންޑިއާގެ މަޝްހޫރު ބަތަލާ އަދި ލަވަކިޔުންތެރިޔާ ޕްރިޔަންކާ ޗޯޕްރާވެސް ބައިވެރިވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭކަންއާއެކު ޕްރިޔަންކާވެސް ޝޯގައި ބައިވެރިވާނެކަން "ކަންފާމް" ވެފައިވާކަމަށެވެ.

https://twitter.com/Ahmed_Adeeb/status/552697813285359616

ގަލޮޅު ދަނޑުގައި މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވި ޓުރިސްޓް އެރައިވަލް ކައުންޓް ޑައުން މިއުޒިކް ފެސްޓިވަލުގެ ފުރަތަމަ ޝޯގައި އިންޑިއާގެ މަޝްހޫރު ދެ ފަންނާނަކު ބައިވެރިވެފައިވާއިރު މާދަމާރޭ ބާއްވާ އެ ސިލްސިލާގެ ދެވަނަ ޝޯގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކޮން ބައިވެރިވާނެ ކަން ކުރީގެ ޝޯގައި ވަނީ އިއުލާނުކޮށްފަ އެވެ.

ރާއްޖެއިން ބޭރުގެ ހުނަރުވެރި މަޝްހޫރު ފަންނާނުން ގެނެސްގެން ރާއްޖޭގައި މިއުޒިކް ޝޯތައް ބޭއްވުމާއި ދެކޮޅަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމްވެރިންނާ އަދާލަތު ޕާޓީން އަޑު އުފުލަމުން ގެންދިޔަނަމަވެސް އެމްޑީޕީން ބުނެފައިވަނީ އެފަދަ ޝޯތައް ރާއްޖޭގައި ބޭއްވުމަށް އެޕާޓީން ތާއީދު ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް