ދިރާގު 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގައި ބައިވެރިވުމަށް ބާކީ އޮތީ އެންމެ 10 ދުވަހެވެ. މި އަގުހުރި ޕްރޮމޯޝަންގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ 15 ޑިސެންބަރު 2024 އެވެ.
މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަށް މުޅިން އައު އަލް ޝާލީ މެރިން ބޯޓަކާއި ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެގޮތުން ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް އަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ގުރުވަތުގައި ބައިވެރިވެވޭނެއެވެ. އަދި ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އެކުންފުނިން ވަނީ ހުޅުވާލާފައެވެ. އަދި ހުރިހާ ކަސްޓަމަރުންވެސް ހާއްސަ ޕޯޓަލް https://winaboat.dhiraagu.com.mv/ މެދުވެރިކޮށް 15 ޑިސެންބަރު 2024ގެ 23:59 ގެ ކުރިން މި ޕްރޮމޯޝަންގައި އެންރޯލްކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
މި ޕްރޮމޯޝަންގެ ބޮޑު އިނާމުކަމުގައިވާ އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އެފުއްދުންތެރިން ކަމުގައިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. އަދި މި ހައި ސްޕީޑް ލޯންޗާ އެކު މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނުވެސް ލިބިގެންދާނެއެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.
ދިރާގު 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގެ އެންރޯލްމަންޓް މުއްދަތުގެ ތެރޭގައި ކޮންމެ މަހަކުވެސް އިނާމު ލިބޭ ހާއްސަ ބައެއް އެކުލެވިގެންވާނެއެވެ. އެގޮތުން އިނާމުގެ ގޮތުގައި ގޯ ޕްރޯ ހީރޯ 12، ސުންޓޯ ޑީ5 ވޮޗް، ޑީ.ޖީ.އައި މިނީ އެސްއީ ފްލައި މޯ ކޮމްބޯ، އަދި ސްޕޯޓްސް ފިޝިންގް ގިއަރ ސެޓް ފަދަ ހިތްގައިމު އިނާމުތައް ހިމެނެއެވެ. އަދި މި ޕްރޮމޯޝަންގެ ބޮޑު އިނާމު ހޯދުމަށް އެންރޯލްވާ ހުރިހާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންވެސް ކޮންމެ މަހަކު ކުރިއަށްދާ މި އިނާމު ލިބޭ ގުރުވަތުގައި އޮޓޮމެޓިކްކޮށް ބައިވެރިކުރެވޭނެއެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް https://bit.ly/4d1WWvY
ދިރާގަކީ ރާއްޖޭގައި މިފަދަ ފޯރިގަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާ ކުންފުނިތަކުގެ ތެރެއިންވެސް ނަމޫނާ ކުންފުންޏެކެވެ. އެގޮތުން ދިރާގުން ދަނީ އެކުންފުނީގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދޭ ފަދަ ހާއްސަ ޕްރޮމޯޝަންތަކާއި އޮފަރތަށް ފަރުމާކޮށް، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް