އަންނަ އަހަރު މުޅިން އައު ފޯމެޓަކަށް ބާއްވާ "ކުލަބް ވޯލްޑް ކަޕް" ފުޓުބޯޅަ މުބާރާތުގެ ގުރު ނަގައިފި

އަންނަ އަހަރު (2025) ވަނަ އހަރަު ދުނިޔޭގެ ފުޓުބޮޅައިގެ މައި އިދާރާ ފީފާއިން ބާއްވާ ކުލްބ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރުއަތލުން ބާއްވައިފިއެެވެ. ކްލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހ...

06 Dec 2024 | 05:38

އަންނަ އަހަރު (2025) ވަނަ އހަރަު ދުނިޔޭގެ ފުޓުބޮޅައިގެ މައި އިދާރާ ފީފާއިން ބާއްވާ ކުލްބ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރުއަތލުން ބާއްވައިފިއެެވެ.

ކްލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާއި އިޓަލީގެ ޔުވެންޓަސް އެއްގްރޫޕެއްގައި ހިމެނުނުއިރު، މި ދެޓީމު ހިމެނޭ ގްރޫޕް ޖީ ގައި ދެން ހިމެނެނީ މޮރޮކޯގެ ކްލަބް ވައިދާދްއާއި ޔޫއޭއީގެ އަލް އައިންއެވެ. 2021 ވަނަ އަހަރު ކްލަބް ވޯލްޑްކަޕްގެ ތަށި އުފުލާލި ޗެލްސީ ހިމެނޭ ގްރޫޕް ޑީގައި ހިމެނެނީ ބްރެޒިލްގެ ފްލެމެންގޯއާއި މެކްސިކޯގެ ކްލަބް ލިއޯންއާއި ޓިއުނީޝިއާގެ އެސްޕަރެންސޭ ސްޕޯޓިވް ޑި ޓޫނީސީއެވެ. ފްރާންސްގެ ޕީއެސްޖީ ހިމެނޭ ގްރޫޕް ބީ ގައި އެތްލެޓިކޯ މެޑްރިޑާ ކުރިމަތިލާން ޖެހޭނެއެވެ.

ކްލަބް ވޯލްޑްކަޕް 2025 ގައި ގްރޫޕްތައް ބެހިފައިވާ ގޮތް

ގްރޫޕް އޭ: ޕަލްމީރިއާސް، އެފްސީ ޕޯޓޯ، އަލް އަހްލީ، އިންޓަރ މިއާމީ

ގްރޫޕް ބީ: ޕީއެސްޖީ، އެތްލެޓިކޯ މެޑްރިޑް، ބޮޓަފޯގޯ، ސީޓްލް ސައުންޑާރސް

ގްރޫޕް ސީ: ބަޔާން މިޔުނިކް، އޮކްލޭންޑް ސިޓީ، ބޮކަޖޫނިއަސް، ބެންފިކާ

ގްރޫޕް ޑީ: ފްލެމެންގޯ، އެސްޕެރެންސޭ ސްޕޯޓިވް ޑި ޓިޔުނީސީ، ޗެލްސީ، ކްލަބް ލިއޯން

ގްރޫޕް އީ: ރިވަ ޕްލޭޓް، އުރްވާ ރެޑް ޑައިމަންޑްސް، މޮންޓެރޭ، އިންޓަރ މިލާން

ގްރޫޕް އެފް: ފްލެމިނެންސޭ، ބޮރޫޝިއާ ޑޯޓްމަންޑް، އުލްސަން، ޟަމެލޯޑީ ސަންޑައުންސް

ގްރޫޕް ޖީ: މެންޗެސްޓަރ ސިޓީ، ވީދާދް، އަލް އައިން، ޔުވެންޓަސް

ގްރޫޕް އެޗް: ރެއާލް މެޑްރިޑް، އަލް ހިލާލް، ޕަޝޫކާ، ސަލްޒްބާރގް

ޖުމްލަ 32 ޓީމް ވާދަކުރާ ކްލަބް ވޯލްޑްކަޕް އޮންނާނީ މިއަންނަ އަހަރުގެ ޖޫން މަހުގެ 15 އިން ޖުލައި މަހުގެ 13 އަށް އެމެރިކާގައެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖުން ދެވަނަ ބުރަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް